މިއީ އައިސީޓީ މެދުވެރިކޮށް ދަރިވަރުން ބައިވެރިކޮށްގެން ކުލާސްތައް ކުރިޔަށް ގެންދިޔުމަށް ބޭނުންކުރެވިދާނެ ވަރަށް ފުރިހަމަ ޕްލެޓްފޯމެކެވެ. އެގޮތުން ޓީޗަރު ކުރިޔަށް ގެންދާ ޕްރެޒެންޓޭޝަންތަކުގައި ދަރިވަރުން ބައިވެރިކޮށްގެން މި އަށީ (ޕްލެޓްފޯމް) ގައި ފިލާވަޅުތަށް ގެންދެވެ އެވެ. ހިއްސާ ކުރެވޭ ކޯޑެއް ބޭނުން ކޮށްގެން ދަރިވަރުން ގެންގުޅޭ ޓެބްލެޓް ފަދަ ޑިވައިސްތަކުން ޕްރެޒެންޓޭޝަން ބަލާ އެ ޕްރެޒެންޓޭޝަންތަކުގެ ތެރޭގައި ހުންނަ މަސައްކަތްތަކުގައި ބައިވެރިވެވެ އެވެ.
ނިއާޕޮޑް ގައި ތައްޔާރުކުރެވޭ ޕްރެޒެންޓޭޝަންތަކުގައި ވާޗުއަލް ފީލްޑް ޓްރިޕް އަދި ވަރަށް ގިނަ ތްރީޑީ މޮޑެލްސް ބޭނުންކުރެވެން ހުރެ އެވެ. މީގެ އިތުރުން ޕްރެޒެންޓޭޝަންގެ ތެރޭގައި ހުސްތަން ފުރުން، ގުޅުވުން އަދި ރަނގަޅު ޖަވާބު ފާހަގަކުރުން ފަދަ މަސައްކަތްތައް ހިމަނާލެވެ އެވެ. މި މަސައްކަތްތަކަށް ޕްރެޒެންޓޭޝަންގެ ތެރޭން ފީޑްބެކް ދެވެ އެވެ. މިއީ ދަރިވަރުންނަށް ހަވާލުކުރެވިފައިވާ ޓެބްލެޓްތައް ބޭނުންކޮށްގެން ފިލާވަޅުތައް ގެންދިޔުމުގައި އަޅުގަނޑު ވަރަށް ގިނައިން ބޭނުންކުރާ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަން ލައިބްރަރީ ތެރޭ ވަރަށް ގިނަ ޕްރެޒެންޓޭޝަންތައް ހިލޭ ލިބެން ހުމަކީ ވެސް މި އެޕްލިކޭޝަނަށް އަޅުގަނޑު ޝައުގުވެރިވި ސަބަބެކެވެ. އަޅުގަނޑު ގެންދިޔަ ކުލާސްތަކުގައި ދަރިވަރުން އެންމެ ގަޔާވާ ނިއާޕޮޑް އެކްޓިވިޓީއަކަށް ފާހަގަކުރެވުނީ ޓައިމްޓު ކްލައިމްބް އެވެ.
ތިރީގައި މި ހިމަނާލަނީ އެގޮތުން އަޅުގަނޑު ކުލާސްތަކުގައި ބޭނުންކުރަން ތައްޔާރުކޮށްފައިވާ އަދި ނިއާޕޮޑް ލައިބްރަރީން ނަގާފައިވާ ބައެއް ޕްރެޒެންޓޭޝަން އެވެ. މި ޕްރެޒެންޓޭޝަންތައް ބޭނުންކުރުމަށް ނިއާޕޮޑް ސައިޓްގައި އެކައުންޓެއް ހަދަން ޖެހޭނެ އެވެ. މީގެ އިތުރަށް ދަރިވަރުންގެ ޓެބްލެޓަށް ނިއާޕޮޑް އެޕް އަޅަންޖެހޭނެ އެވެ. އެކައުންޓަށް ލޮގިން ވުމަށް ފަހު ލިންކަށް ފިއްތަވާލެއްވުމުން ތިޔަފަރާތުގެ ލައިބްރަރީއަށް ޕްރެޒެންޓޭޝަން އެޑްކުރަން އަންގާނެ އެވެ. އެޑްވުމުން ލައިބްރަރީ ތެރެއިން މައުސް ޕްރެޒެންޓޭޝަންއަށް ހުއްޓާލުމުން ޕްރެޒެންޓޭޝަން ލައިވް ކުރެވޭނެ ދެ ގޮތެއް ފެންނާނެ އެވެ. އެތަނުން ކުލާހުގައި ހުރިހާ ދަރިވަރުންނާ އެކު ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު ބޭނުންކުރަނީ ލައިވް ލެސަން (Live Lesson) އެވެ. މި ހިސާބުން ދަރިވަރުން ޓެބްލެޓަށް އަޅާފައިވާ ނިއަރޕޮޑް އެޕްގައި ޖަހަންވާ ކޯޑު ފެންނާނެ އެވެ. އެ ކޯޑު ދަރިވަރުން ޓެބްލެޓްގެ އެޕްގައި ޖެހުމުން ސެޝަންގައި ބައިވެރިވެވޭނެ އެވެ.


This is really a wonderful work. I like it
ReplyDelete