ޢައްބާސް މޫސާގެ ބުލޮގް

ބުލޮގަށް މަރުޙަބާ!

މިއީ އަޅުގަނޑު ކިޔަވައިދިނުމުގައި ބޭނުންކުރަމުން ދާ ބައެއް އެހީ އެހެން ޓީޗަރުންނާ ހިއްސާކުރުމަށް ތައްޔާރުކުރެވިފައިވާ ބުލޮގެކެވެ. އެގޮތުން މި ބްލޮގް ގައި ހިއްސާކޮށްފައި ވާނީ.....

އިތުރަށް ވިދާޅުވޭ

Saturday, April 11, 2020

ޑިވިޒިބިލިޓީ ރޫލްސް


މިއީ ގުރޭޑް 6 ގެ ހިސާބުގަޑީގައި ޑިވިޒިބިލިޓީ ރޫލްސް އޮޅުންފިލުވައިދިނުމަށް އަޅުގަނޑު ބޭނުންކުރި ޕްރެޒެންޓޭޝަންއެކެވެ. މި ޕްރެޒެންޓޭޝަން ގައި ޑިވިޒިބިލިޓީ ރޫލްސް 2، 3، 4، 5، 6، 8، 9، 10 އަދި 100 ހިމަނާފައިވާނެ އެވެ.

އަޑުއެހުމުގެ ދޭހައަށް ޓްރެކް ތައްޔާރުކުރެވިދާނެ ގޮތެއް


މިއަދު އަޅުގަނޑު މިހުށަހަޅާލަނީ ބަސް ކިޔަވައިދިނުމުގައި އަޑުއެހުމުގެ ދޭހައަކަށް އޯޑިއޯ ޓްރެކް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ގޮތެކެވެ. މި ގޮތަށް އޯޑިއޯ ތައްޔާރުކުރެވޭނީ ޓެކްސްޓް ޓު ސްޕީޗް (ޓީ.ޓީ.އެސް) ލިބެން ހުންނަ ބަސްބަހަށެވެ.

Friday, April 10, 2020

ނިއަރޕޮޑް


މިއީ އައިސީޓީ މެދުވެރިކޮށް ދަރިވަރުން ބައިވެރިކޮށްގެން ކުލާސްތައް ކުރިޔަށް ގެންދިޔުމަށް ބޭނުންކުރެވިދާނެ ވަރަށް ފުރިހަމަ ޕްލެޓްފޯމެކެވެ. އެގޮތުން ޓީޗަރު ކުރިޔަށް ގެންދާ ޕްރެޒެންޓޭޝަންތަކުގައި ދަރިވަރުން ބައިވެރިކޮށްގެން މި އަށީ (ޕްލެޓްފޯމް) ގައި ފިލާވަޅުތަށް ގެންދެވެ އެވެ. ހިއްސާ ކުރެވޭ ކޯޑެއް ބޭނުން ކޮށްގެން ދަރިވަރުން ގެންގުޅޭ ޓެބްލެޓް ފަދަ ޑިވައިސްތަކުން ޕްރެޒެންޓޭޝަން ބަލާ އެ ޕްރެޒެންޓޭޝަންތަކުގެ ތެރޭގައި ހުންނަ މަސައްކަތްތަކުގައި ބައިވެރިވެވެ އެވެ. 

އިނގިރޭސި ކިޔުމުގެ ދޭހަ


މިއީ އަޅުގަނޑު ގުރޭޑް 6 ގެ އިނގިރޭސި ގަޑީގައި ގެންގޮސްފައިވާ ވޯކްޝީޓެކެވެ. މި ވޯކްޝީޓުގައި ހިމަނާލާފައިވާނީ ކިޔުމުގެ ދޭހައެކެވެ. މީގައި އަޅުގަނޑު ހިމަނާލާފައިވާނީ ރަނގަޅު ޖަވާބު ފާހަގަކުރުމުގެ މަސައްކަތަކާއި، ކުރު ޖަވާބު ލިޔުމުގެ މަސައްކަތެކެވެ.

Thursday, April 9, 2020

އިނގިރޭސި އަޑުއެހުމުގެ ދޭހަ


 މިއީ ގުރޭޑް 3ގެ އިނގިރޭސި ގަޑީގައި އަޑުއެހުމުގެ ދޭހައިގެ ފިލާވަޅެއް ގެންދިޔުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ އޯޑިއޯ ކޮޅެކެވެ. މިޔާ ގުލޭ މަސައްކަތް ޓެކްޓް ފޮތުގެ ސަފުޙާ 10ގައި އޮންނާނެ އެވެ.

ދިރޭތަކެތި ބައިކުރުން (ކްލެސިފިކޭޝަން)

މިއީ ގުރޭޑް 3ގެ ސައިންސް ގަޑީގައި ދިރޭތަކެތި ކިޔަވައިދިނުމަށް ފަހު ބޭނުންކުރެވިދާނެ ޕްރެޒެންޓޭޝަން އެކެވެ.
ބޭނުންކުރެވިދާނެ ގޮތް
މި ޕްރެޒެންޓޭޝަން އަޅުގަނޑު ބޭނުންކޮށްފައިވާނީ ދިރޭތަކެތި ބައިކުރުން (ކްލެސިފައިންގ) ކިޔަވައިދިނުމަށް ފަހު އެވެ.
Powered by Blogger.