ބޭނުންކުރެވިދާނެ ގޮތް
މި ޕްރެޒެންޓޭޝަން އަޅުގަނޑު ބޭނުންކޮށްފައިވާނީ ދިރޭތަކެތި ބައިކުރުން (ކްލެސިފައިންގ) ކިޔަވައިދިނުމަށް ފަހު އެވެ.
އެ ގޮތުން ކުލާސް ގުރޫޕުތަކަކަށް ބެހުމަށް ފަހު، ފަހަރަކު ގުރޫޕަކުން ކުއްޖަކަށް ސުވާލެއް ހުށަހަޅާ ޖަވާބު އިޚުތިޔާރުކުރަން ފުރުސަތުދޭނީ އެވެ. ޖަވާބު ރަނގަޅުކުރެވިއްޖެ ނަމަ ގުރޫޕަށް ޕޮއިންޓު ލިބޭނެ އެވެ. މި ގޮތުން ޕްރެޒެންޓޭޝަން ނިމޭ އިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ގުރޫޕަކީ މޮޅުވާ ގުރޫޕެވެ. މި ޕްރެޒެންޓޭޝަން އެޑިޓުކޮށްގެން އެހެން ސުރުޚީތަކަށް ވެސް ބޭނުންކުރެއްވިދާނެ އެވެ. މި ގޮތުން އެޑިޓު ކުރެއްވިދާނެ ގޮތް ތިރީގައި އެވަނީ އެވެ.

- ޕްރެޒެންޓޭޝަން ޑައުންލޯޑު ކުރެއްވުމަށް ފިއްތަވާލައްވާ.
ފުރަތަމަ ފިޔަވަހި
ސުވާލު ބަދަލުކުރައްވާ.
ދެވަނަ ފިޔަވަހި
ޖަވާބަށް ރައިޓް ކްލިކް ކޮއްލައްވާ.އަދި ފޮޓޯ ބަދަލުކުރައްވާ.
މި ގޮތަށް ބަދަލުކުރައްވާ އިރު ރަނގަޅު ޖަވާބަށް ރަނގަޅު ޖަވާބުގެ ފޮޓޯ އަދި ނުބައި ޖވާބަށް ނުބައި ޖަވާބުގެ ފޮޓޯ ލައްވަން ވާނެ.

No comments:
Post a Comment