ޢައްބާސް މޫސާގެ ބުލޮގް

ބުލޮގަށް މަރުޙަބާ!

މިއީ އަޅުގަނޑު ކިޔަވައިދިނުމުގައި ބޭނުންކުރަމުން ދާ ބައެއް އެހީ އެހެން ޓީޗަރުންނާ ހިއްސާކުރުމަށް ތައްޔާރުކުރެވިފައިވާ ބުލޮގެކެވެ. އެގޮތުން މި ބްލޮގް ގައި ހިއްސާކޮށްފައި ވާނީ.....

އިތުރަށް ވިދާޅުވޭ

މި ބުލޮގާ މެދު

މިއީ އަޅުގަނޑު ކިޔަވައިދިނުމުގައި ބޭނުންކުރަމުން ދާ ބައެއް އެހީ އެހެން ޓީޗަރުންނާ ހިއްސާކުރުމަށް ތައްޔާރުކުރެވިފައިވާ ބުލޮގެކެވެ. އެގޮތުން މި ބްލޮގް ގައި ހިއްސާކޮށްފައި ވާނީ އަޅުގަނޑުކިޔަވައިދޭ ބައެއް މާއްދާތަކުގައި އަޅުގަނޑު ބޭނުންކޮށްފައިވާ ބައެއް އެހީ އެވެ. އެ ގޮތުން ޕްރެޒެންޓޭޝަން، ވޯކްޝީޓް އަދި ބައެއް ކުއިޒް މި ބްލޮގްގައި ހިމަނާލެވިފައިވާނެ އެވެ. މީގެ އިތުރުން ޓީޗަރުންނަށް ބޭނުންތެރި ބައެއް މަޢުލޫމާތު ވެސް މި ބުލޮގުގައި ހިއްސާކުރެވޭނެ އެވެ.
އަޅުގަނޑު މި ބްލޮގް ފަރުމާކޮށްފައި ވާނީ ފަސޭހައިން އެހީތަކަށާއި ޕޯސްޓުތަކަށް ދެވޭނެ ފަދަ ގޮތަކަށެވެ. އެ ގޮތުން ކޮންމެ ޕޯސްޓެއް އަދި ރިސޯސްއެއް އެޔާ ގުޅުން ހުރި މާއްދާގެ ޞަފުޙާގައި ހިމަނާފައި ވާނެ އެވެ. މި ބުލޮގް ދިވެހި ބަހުން ފަރުމާކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހި ބަހުން ލިބެން ހުންނަ މިފަދަ މަޢުލޫމާތު އިތުރު ކުރުމެވެ. އަދި މީގެ ތެރެއިން އަޅުގަނޑުގެ ދިވެހި ބަހުގެ ހުނަރު އިތުރަށް ތަރައްޤީކުރުމެވެ. އެހެންކަމުން މި ބުލޮގަށް ކޮމެންޓު ކުރައްވާ އިރު ތާނައިން ކޮމެންޓު ކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ.
އަޅުގަނޑުގެ އުންމީދަކީ މި ތަކެއްޗަކީ ޓީޗަރުންނަށް ބޭނުންތެރި އަދި ދަރިވަރުންނަށް ފައިދާ ހުރި އެހީތަކެއް ކަމުގައިވުމެވެ. އަދި ކުރިޔަށް އޮތް ތަނުގައި ކިޔުންތެރިންގެ ފަރާތުން ވެސް މިފަދަ ތަކެތި ލިބި މިތާނގައި ހިއްސާކުރެވުމެވެ. ހަމަ އެފަދައިން ކިޔުންތެރިންގެ ފަރާތުން ޕޯސްޓުތަކަށް ބިނާކުރަނިވި ފާޑުކިޔުންތައް ލިބުމަކީ ވެސް މިކަން އެންމެ އެދެވޭ ގޮތުގައި ކުރިޔަށް ގެންދިޔުމަށް ލިބޭނެ ހިތްވަރެކެވެ.

3 comments:

  1. Abbas your blog is really amazing it gives tremendous information
    regarding the lesson i teach.
    And the blog itself is great superb, outstanding work keep it up!

    ReplyDelete
  2. ވަރަށް ފުރިހަމަ

    ReplyDelete

Powered by Blogger.