މިއަދު އަޅުގަނޑު މިހުށަހަޅާލަނީ ބަސް ކިޔަވައިދިނުމުގައި އަޑުއެހުމުގެ ދޭހައަކަށް އޯޑިއޯ ޓްރެކް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ގޮތެކެވެ. މި ގޮތަށް އޯޑިއޯ ތައްޔާރުކުރެވޭނީ ޓެކްސްޓް ޓު ސްޕީޗް (ޓީ.ޓީ.އެސް) ލިބެން ހުންނަ ބަސްބަހަށެވެ.
އަދި މިހާތަނަށް އަޅުގަނޑުމެންގެ ދިވެހި ބަހަށް ޓެކްސްޓް ޓު ސްޕީޗް (ޓީ.ޓީ.އެސް) ޚިދުމަތް ލިބޭކަށް ނުހުރެ އެވެ. މިކަމަށް ބޭނުން ވާނީ އޯޑިއޯ އެޑިޓްކުރުމަށް ބޭނުންކުރާ އެޕްލިކޭޝަން އެކެވެ. އަދި އޮންލައިން ޓީ.ޓީ.އެސް ޚިދުމަތެކެވެ. އޯޑިއޯ އެޑިޓްކުރުމަށް އަޅުގަނޑު ބޭނުންކުރަނީ އޮޑަސިޓީ (Audacity) އެވެ. ޓީ.ޓީ.އެސް އަކަށް އަޅުގަނޑު ބޭނުންކުރަނީ ނެޗުރަލްރީޑާސް (naturalreaders.com) އެވެ. މި ތަކެއްޗަށް ވާސިލްވުމަށް ބޭނުންވާ ލިންކުތައް ތިރީގައި އެވަނީ އެވެ. ވީޑިއޯގައިވާ ގޮތަށް ކުރިޔަށް ގެންދަވާށެވެ. ސުވާލެއް ވާ ނަމަ ކޮމެންޓް ކޮއްލައްވާށެވެ.


Varah furihama
ReplyDeleteވަރަށް ބޭނުންތެރި ސޮފްޓްވެއަރއެއް. ޝުކުރިއްޔާ! އައްބާސް ސަރ
ReplyDeleteފިލާވަޅުތައް ޝައުގުވެރިކުރުމަށް ވަރަށް މުހިންމު ސޮފްޓްވެއަރއެއް
ReplyDeleteމުދައްރިސުންނަށާއި ދަރިވަރުންނަށް، އުނގަނައިދިނުމާއި އުނގެނުމުގައި އިތުރުއެހީއެއް ގެ ގޮތުގައި ބޭނުންކުރެވިދާނެ ވަރަށް ފުރިހަމަ މަސައްކަތެއް، ޝުކުރިއްޔާ
ReplyDelete